ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓް ހުޅުވައިގެން އިނާމު ހޯދޭނެ

ބޭންކް އޮފް މޯލްޑިވްސްގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ނޮވެމްބަރު 16ގެ ނިޔަލަށެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ކަސްޓަމަރުންނަށް އިނާމެއް ދިނުމަށް ބީއެމްއެލް އިން ނިންމާފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާ 1،500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކޮށްދޭނެ އެވެ. އަދި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ދޫކުރުމާއި ޕްރޮމޯޝަން ނިމޭއިރު 50 ފަރާތަކަށް 2،500 ރުފިޔާ ދިނުންވެސް ހިމެނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކްގައި ކިޑްސް ސޭވަ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ބްރާންޗްގައި ހުންނާނެ އެވެ.

މީގެ އިތުރުން މި މަހުގެ 29 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވާފައި ބެހެއްޓުމަށްވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.