ބޮލީވުޑް

ރަންބީރާއި ކެޓްރީނާގެ ލޯބި ނިމުމަކަށް!

Jan 16, 2016

ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރު ފަހުން ރުޅިވެއްޖެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެކުގައި ދިރިއުޅެމުން އައިސްފައިވާ މިދެތަރިންގެ ހައަހަރުވީ ލޯބީގެ ގުޅުން ނިންމާލާފއިވަނީ ފާއިތުވި ދެތިން މަހެއްގެ ދެތޭރޭގައި ދެމީހުނގެ ދެމެދުގައި މައްސަލަތަކެއް ޖެހި ހައްލުނުކުރެވިގެންނެވެ.

މިވަގުތު "ފިތޫރް"ގެ ޕްރޮމޯޝަންގެ މައްސަކަތުގައި ކެޓްރީނާ ދިއްލީގައި ހުރިއިރު، އެމީހުންގެ ގެއިން ރަންބީރު ނިކުމެގެން ގޮސްފައިވަނީ މީގެ ދެތިންދުވަސް ކުރިން ކަމަށްވެ އެވެ. އެގޮތުން މިހާރު ރަންބީރު ވަނީ އޭނާގެ މައިންބަފައިންގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށްވެސްވެ އެވެ.

މިދެތަރިންގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މިދެތަރިންގެ ވަނީ އެމހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. ބުނެވޭ ގޮތުގައި މިދެތަިންގެ ދެމެދުގައި މައްސަލަތައް ޖެހެން ފަށާފައިވަނީ ރަންވބީރު އެންމެފަހުން ކުޅުނު ފިލްމު "ތަމާޝާ"ހެ ޕްރޮމޮޝަންގެ ތެރޭގައި ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުންނެވެ.

"ދެމީހުންގެ ދެމެދުގައި ޖެހިފއިހުރި މައްސަލަތައް ހައްލުކޮށް އެގުޅުން ކުރިއަށް ގެންދެވޭތޯ ވަރަށް މަސައްކަތްކުރި، ނަމަވެސް އެދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުނުކުރެވި ވަނީ މިހާރު ވަކިވެފައި. މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ކުރިއަށ ނުގެންދެވޭނެ ކަމަށް ދެމީހުންްވެސް ވަނީ ނިންމާފައި އަދި ރަންބީރު ވަނީ މީގެ ދެތިން ދުވަސްކުރިން ކާޓާ ރޮޑްގައި ހުންނަ އެމީހުންގެ ފްލެޓުންވެސް ނިކުމެގެން ގޮސްފައި" މިދެމީހުންގެ އެކުވެރިއަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވ އެވެ.

ރަންބީރާއި ކެޓްރީނާއާ ދެމެދު މައްސަލަތައް ޖެހިގެން އުޅޭ ކަމުގެ އަޑުތައް އަރނ ފެށިފަހުން ސީކިއު މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ ރަންބީރަކީ އެކަކާ ރައްޓެހިވެގެން މާގިނަ ދުވހު އުޅެވޭ މީހެއް ނޫންކަމަށާއި ރަންބީރުގެ އާއިލާއާ އޭނާގެ ދެމެދުގައި އޮންނަނީ އެހާ ރަނގަޅު ގުޅުމެއް ނޫންކަމަށްވެސް ބުނެފަ އެވެ.

މިދެތަރިންގެ ދެމެދުގައ މައްސަލަޖެހި ދުރުވާން އުޅޭ ކަމުގެ ވާހަކަތައ ދެކެވެނިކޮށް ރަންބީރުގެ ބޮޑުބޭބެ ސަޝީ ކަޕޫރު ކްރިސްމަސް ފާހަގަކުރުމަށް އެއާއިލާގެ މީހުންނަށް ދިން ކެއުމަކަށް މިދެތަރިން ވަނީ އެކުގައި ގޮސްފަ އެވެ. އަދި އެއާއިލާގެ ބައެއް މެމްބަރުންނާއެކު ކެޓްރީނާ ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އަދި މިދެތަރިން ދިރިއުޅެމުން އައި ގޭގެ ބެލްކަނީގައި ދެމީހުން ގައިގޯޅިކޮށް ތިއްބައި ނަގާފއިވާ ފޮޓޯއެއް އާންމުވުމުން މިދެމީހުންގ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ ވާހަކަތަކަށް ހުއްޓުމެއް އަ އެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވެ، ރަންބީރު ގެއިން ނިކުމެގެން ގޮސްފައިވާ ކަމުގެ ވާހަކަތަކާއި ގުޅިގެން މިދެތަރިން އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ. ނަމަވެސް މިދެތަރިންގެ ސަޕޯޓަރުން އަންނަނީ މިކަމާ މާޔޫސްވެ ސޯޝަލް މީޑިއާގައި ތަފާތު ހިޔާލު ފާޅުކުރަމުންނެވެ.

މިދެތަރިން ރުޅިވެފައިވާ ކަމުގެ ވާހަކަދެކެވެމުން އަންނައިރު، މިދެތަރިން އެކުގައި އަންނަނީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްޖާ ޖާސޫސް" ކުޅެމުންނެވެ.