އިސްލާމިކް މިނިސްޓްރީ

އެންމެ ހަގު ބައިވެރިޔާގެ ގޮތުގައި ލީސް މެލޭޝިއާއަށް

Oct 18, 2022

ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއް ކަމުގައިވާ -- އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީގައި ރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ދަރިވަރު -- އައިޝަތު ލީސް އައުރަފް ފާރޫގު މެލޭޝިއާ އަށް ފުރައިފި އެވެ.

ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވާނެ ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ހާއްސަ އޮޑިޝަނެއް ބާއްވާ މި އޮޑިޝަނުން ހޮވުނު ދަރިވަރެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަން ހޮވުނު އުމުރުން 15 އަހަރުގެ ކަލާފާން ސްކޫލުގެ ދަރިވަރު އާއިޝަތު ލީސް އައުރަފް އަކީ މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ދަރިވަރެވެ.

މެލޭޝިއާ ސަރުކާރުން އިންތިޒާމު ކުރާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުއަލަލަންޕޫރުގަ އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ 20 އަހަރު ވެއްޖެ އެވެ. ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ގަދަ 10 އަދި ގަދަ ފަހެއްގައިވެސް ހިމެނޭކަން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ފާހަގަކޮށްފަ އެވެ.