މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެއްގައި ނިދާފައި އޮތް މީހަކަށް ހަމަލާ ދިން މީހާގެ ބަންދަށް ފަސް ދުވަސް

މާލޭގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން އެ މީހާގެ ބަންދަށް ފަސް ދީފައިވާތީ އޭނާ މިވަގުތު ވެސް ހުރީ ބަންދުގަ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން އެ ގެއަށް ވަނުމަށްފަހު ތޫނު އެއްޗެއް ބޭނުންކޮށްގެންނެވެ. އަދި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގެ ފަރުވާ ދެމުންދާއިރު އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އަދި ލިބޭ ގޮތެއް ނުވެ އެެވެ.

މި ހަމަލާ އާއި ގުޅޭ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ހަމަލާ އަމާޒުވި ޒުވާނާ އޮތް ކޮޓަރީގައި ފުދޭ ވަރަކަށް ލޭ ހުރިކަން ފޮޓޯތަކުން ފާހަގަކުރެވެ އެވެ.

މިއީ ދެ ގޭންގެއް ދެމެދުގައި މާރާމާރީ ހިންގުމަށްފަހު ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް މަންޒަރު ދުށް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.