މާލޭ ސިޓީ ކައުންސިލް

ވިނަ އިންދަން ޖުމްހޫރީ މައިދާން ބަންދުކޮށްފި

ޖުމްހުރީ މައިދާނުގައި މިހާރު އޮތް ވިނަގަނޑު ހަލާކުވުމުގެ ސަބަބުން އަލުން ވިނަ އިންދުމަށްޓަކައި އެ ސަރަހައްދު އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފި އެވެ.

އަލުން ވިނަ އިންދުމުގެ މަސައްކަތް މިއަދު މާލެ ސިޓީ ކައުންސިލުން ފަށާފައިވާއިރު، ޖުމްހުރީ މައިދާނަށް އާންމުންނަށް ނުވަދެވޭނެހެން ވަނީ ދާޖަހާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މިއުޒިކަލް ފައުންޓެއިން އަކާއި އާންމުން ހިނގާބިގާވެ އުޅުމަށް ހާއްސަ މަގުތަކެއް ވަނީ އެ މައިދާނުގައި ހަދާފަ އެވެ.

ނަމަވެސް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ އިތުރުން، ބައެއް ޖަލްސާތަކާއި އިވެންޓްތައް ބާއްވާތީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ހަލާކުވެ މަރުވެ އެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށްފަހު މާލޭގައި އެގޮތަށް ދޫކޮށްލެވިފައި ހުރި އަދި ކުރީ ސަރުކާރުން ތަރައްގީކޮށް ފެހިކުރި މައިދާންތަކާއި ބިނާތައް އާބާތުރަފިލުވުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދެ އެވެ.