އެމްޓީސީސީ

އުކުޅަހުގެ ބޮޑެތި މަގުތަކުގައި ތާރުއަޅަނީ

އއ. އުކުޅަހުގެ މަގެއްގައި ފެން ހެދިފައި އޮތްއިރު ފެންގަނޑު ތެރޭ ދެ ކުދިން ކުޅެނީ -- ފޮޓޯ: އަހުމަދް އަޒާން | އަވަސް
0%
0%
0%

އއ. އުކުޅަހުގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ [އެމްޓީސީސީ]އާ ހަވާލުށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 450 ދުވަހެވެ. މި މަޝްރޫގެ ޖުމުލަ އަގަކީ 59.5 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫގެ ތެރެއިން އުކުޅަހުގެ 2.68 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި މަގު ބައްތި ޖެހުމާއެކު ފެންހިންދާ ނިޒާމު ވެސް ގާއިމުކުރާނެ އެވެ.

ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ އުކުޅަހުގެ މަގުތަކަކީ އަޑިގުޑަން ގިނަ މަގުތަކެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345