ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

Oct 20, 2022
4

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިރޭ ދިވެހި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ގައުމާ މުހާތަބް ކުރައްވާނީ މި އަހަރުގެ ގައުމީ އިނާމު ދިނުމަށް މިރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދިނުމަށް ވަނީ ނިންމަވާފަ އެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.