ހަބަރު

ސައުދީ ޖަސްޓިސް މިނިސްޓްރީގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

Jan 16, 2016

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ދައުވަތަކަށް ސަޢޫދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ރައީސަކީ ސައުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މައާލީ ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. މި ވަފުދުގައި، އޭނާއާއެކު ހަތް ބޭފުޅުން ވަޑައިގެންނެވި އެވެ.

އެ ބޭފުޅުންނަކީ ފަޟީލަތުއްޝައިޚް އުސާމަތު ބިން ޢަބްދުﷲ އަލްޒައިދު އާއި އަލްއުސްތާޛު އަޙްމަދު ބިން އިބްރާހީމް އަލްޔޫސުފް އާއި އަލްއުސްތާޛު ސަޢުދު ބިން ޢަބްދުﷲ އަލްބާބްޠައިން އާއި ޢަބްދުލް މުޙުސިން ބިން ފަހްދު އަލްޝައިބީ އާއި އަލްއުސްތާޛު ސަލްމާން ބިން މޫސާ އަލްޙޫދީ އަލްއުސްތާޛު އަޙްމަދު ބިން ޙަމޫދު އަލްޝައިޤް އެވެ.

މި ވަފުދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ.

މިދަތުރުފުޅުގައި ޝަރުޢީ ދާއިރާގެ ކަންކަން ބައްލަވާލައްވައި ރާއްޖޭގެ ޖުޑީޝަރީއާ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ދާއިރާތަކުން މަޝްވަރާކުރާނެ އެވެ.