ޖޭއެސްސީ

ގުރައިދޫ އިސްމެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފަތުހުﷲއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލަ އަކީ ގުރައިދޫ ކޯޓަށް ހުށަހެޅު މައްސަލައެއްގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވައިދުގައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެވެ.

ޖޭއެސްސީ ބުނީ ފަތުހުﷲ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ޖޭއެސްސީ ހުށަހެޅޭ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައި މަޖިލީހުން ވަކިކޮށްފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަ މަޖިލީހުން ހުށަހެޅުމުން އެ ބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވާފަ އެވެ. ޖޭއެސްސީން މައްސަަލަ ބަލަމުން ދަނިކޮށް ބައެއް ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވާފައިވެސް ވެއެވެ.