އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

މަސް ހިފަން މޫދަށް ފޭބި މީހާ މަރުވެއްޖެ

Oct 23, 2022

މަސް ހިފަން ގޮސް މޫދަށް ފޭބި މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ސ. ހިތަދޫ، ފެހިވިނަ، ޠަލާލް އަހްމަދު (24 އ) އެވެ.

ތަލާލް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި އޮތް ކަމެއް ޔަގީނެއް ނޫނެވެ.

އެނާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:32 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ސ. ހިތަދޫ އިން ޑިންގީއެއްގައި ފުރައިގެން މަސް ހިފަން ދިޔަ ތިން މީހުންގެ ތެރެއިން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް މޫދުގެ އަޑީގައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.