އަހުމަދު ނިހާން ހުސައިން މަނިކު

ނިހާން އަދިވެސް އައިސީޔޫގައި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އަދިވެސް އޮންނެވީ އޭޑީކޭ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ގަޑީގައި ފުއްޕާމެއައް ތަދެއް އަރައިގެން އޭޑީކޭ އިން ފަރުވާދޭ ހޯދަމުން އަންނަ ނިހާންގެ ހާލު އިތުރަށް ގޯސް ވެގެން އެރޭ ވަނީ އައިސީޔޫގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް އޭގެފަހުން އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ މެޖޯރިޓީ ލީޑަރު، ނިހާންގެ ހާލަތާމެދު ކޮމެންޓެއް ދެވެން ނެތް ކަމަށާއި ނަމަވެސް އޭނާ އަދިވެސް އޮންނެވީ އައިސީޔޫގައި އެޑްމިޓްކޮށްފައި ކަމަށެވެ. އިތުރު ތަފްސީލެއް އައްފާލް ނުދެއްވަ އެވެ.