މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ އާ އޮފީސް ހުޅުވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާ އޮފީސް ރޭ ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވައިދިނީ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި ޕާޓީގެ ނައިބް ރައީސުންނެވެ. މި ކަމަށްޓަކައި ބޭއްވި ހަފްލާގައި ޕާޓީގެ އާންމު މެންބަރުންވެސް ބައިވެރިވި އެވެ.

އެމްއެންޕީގެ އައު އޮފީސް ހުޅުވާފައިވަނީ މަޖިީދީ މަގަށްވާ ގޮތަށް ހުންނަ މއ. ކެލާވީގަ އެވެ.

އެމްއެންޕީގެ އާ އޮފީސް ހުޅުވާފައި މިވަނީ އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކުރިތާ އެއް އަހަރު ފުރުމާ ގުޅުވައިގެންނެވެ.

އެމްއެންޕީގެ ސްޕޯކްސްޕާސަން ޝިދާތާ ޝަރީފް ވިދާޅުވީ ޕާޓީގެ އާ އޮފީހާއެކު ޕާޓީގެ ސިޔާސީ މަސައްކަތްތައް ފުރިހަމަވެ ކާމިޔާބު މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޕާޓީގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއެންޕީގެ އިސް ބައެއް ބޭފުޅުން ވާހަކަދައްކަވާފައިވެ އެވެ.