މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެ ސްކޫލަކަށް ޖާގަ އިތުރުކުރަން ހަވާލުކޮށްފި

Oct 26, 2022

އަތޮޅު ތެރޭގެ ދެ ސްކޫލަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކުގައި ޖާގަ އިތުރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން އެންމެ ފަހުން މަސައްކަތް ހަވާލުކުރީ ލ. ކުނަހަންދޫ ސްކޫލާއި ށ. އަތޮޅު މަދަރުސާގެ މަސައްކަތެވެ.

ކުނަހަންދޫ ސްކޫލުގެ ހަތަރު ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯރަޓްރީ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ނޯތު ކޯސްޓް ކޮންޓްރެކްޓާސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ 10.6 މިލިއަން ރުފިޔާ އެވެ.

ށ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މި މަސައްކަތްވެސް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 13.9 މިލިއަން ރުފިޔާ އެވެ.