ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ނިހާޔަތު

Jan 17, 2016
ކުރިން ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު --
0%
0%
0%

އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އައްޔަން ކޮށްފި އެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސައު އާދަމް އާރިފު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެސިސްޓަންޓް ޕީޖީގެ މަގާމަށް ނިހާޔަތު އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި ބައެއް ނޫސްތަކުން ނިހާޔަތު މިއަދު ވަޒީފާ އަށް ނުނިކުންނަ ކަމަށް ބުނެފައިވާ ވާހަކަ އާރިފް ވަނީ ދޮގުކޮށްފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ސިވިލް ކޯޓުގެ ގާޒީކަން އަދާކުރެއްވި ނިހާޔަތު ގާޒީކަމުން އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާގެ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ. އެމަގާމަށް އޭނާ އައްޔަން ކުރުމާއި އެކު އެސިސްޓަންޓް ޕީޖީގެ މަގާމުގައި ތިން ބޭފުޅުން ހުންނާނެ ކަމަށް އާރިފް ވިދާޅުވި އެވެ. އެ މަގާމުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ހުސައިން ނާޝީދާއި ޖިހާދާ އަނީސްއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345