ދުނިޔެ

އަރުމޭނިއާއިން އަޒަރުބައިޖާން އާއެކު ޕީސްޑީލެއް ހަދަން ބޭނުންވޭ: ބޮޑުވަޒިރު

އަރުމޭނިއާ އާއި އަޒަރުބައިޖާންއާ ދެމެދު ސުލްހަ ގާއިމުކުރަން އެދިވަޑައިގަންނަވާ ކަމަށް އަރުމޭނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ޔެރެވަންގެ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން ޕީސް ޑީލްގައި ސޮއިކުރެއްވުން ކަމަށެވެ. ޔެރެވަން އަކީ އަރުމޭނިއާގެ ވެރިރަށެވެ.

ނިކޮލް ޕަޝިންޔަން ވިދާޅުވި ގޮތުގައި ސުލްހަ ފުށުއަރާފައި އޮތް ދެ ގައުމެއްގެ ދެމެދުގައި ސުލްހަ ގާއިމުކުރަން ޖެހޭ ކަމަށެވެ. އަދި ސުލްހަ ދެމެހެއްޓުމަށް ވެވޭ އެއްބަސްވުމަކީ ހަގީގީ އެއްބަސްވުމަކަށް ހެދޭތަން ދެކެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އަޒަރުބައިޖާނާ އެކު ސުލްހަ ގާއިމުކުރުމަކީ ޖޯކެއް ނޫން ކަމަށާއި ސުލްހައިގެ އެއްބަސްވުމެއް ހެއްދެވުމަށްޓަކައި ޔެރެވަންއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ މިސްރާބު އޮތީ ސުލްހަ ގާއިމުކުރެއްވުމަށް ކަމަށް ފަޝިންޔަން ވިދާޅުވި އެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާންއާ ދެމެދު ބޯޑަރު ބަލަހައްޓާ ފައުޖެއް ގާއިމުވެ ތިބުމަކީ ވެސް އަރުމޭނިއާ އެދޭ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އެކަމަށްޓަކައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ފަޝިންޔަން ވިދާޅުވި ގޮތުގައި އަޒަރުބައިޖާން އާއި ރަޝިއާ އަދި އަރުމޭނިއާ -- ތިން ޕާޓީގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް މިމަހު ރަޝިއާގެ ސޮޗީގައި ބާއްވާ ގޮތަށް އޮތް ނަމަވެސް ބައްދަލުވުން އަދި ހަމަނުޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އަދި އަރުމޭނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވެސް ވަނީ ވިދާޅުވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޕޫޓިން ވަނީ އަލިޔޭވް އަށާއި ޕަޝިންޔަން އަށް ދައުވަތު އަރުވާފަ އެވެ، މިއީ މި ތިން ގައުމުގެ މެދުގައި އާންމުކޮށް ބާއްވާ ބައްދަލުވުންތަކުގެ ބޮޅެކެވެ.