އައި ކެއާ

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއަރއިން ހާއްސަ ކެމްޕޭނެއް ބާއްވަނީ

Oct 27, 2022

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިކެއަރއިން ހާސަ ކެމްޕޭނެއް ބޭއްވުމަށް ނިންމައިފި އެވެ.

" #ލަވްޔޯއައިޒް "ގެ ނަމުގައި ބާއްވާ މިހަރަކާތް ކުރިއަށްދާނީ މާދަމާ ހަވީރު އާޓިފިޝަލް ބީޗުގަ އެވެ.

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަހަކީ ލޮލުގެ ސިއްހަތާ މެދެ މީހުން ހޭލުންތެރިކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

#ލަވްޔޯއައިޒް ކެމްޕޭންގެ ދަށުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. އެގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި، ޑޮކްޓަރުންނާއި ސުވާލު ކުރުމުގެ އިތުރުން ލޮލުގެ ސްކްރީނިންނާއި، އާންމު ސިއްހަތުގެ ސްކްރީނިން އަދި ލޮލުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ހުޅުވާލެވިފައިވެ އެވެ.

ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބަރިވެރިވުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. ލަކީ ޑްރޯއިން ހޮވާލެވޭ ތިން ފަރާތަކަށް އައިކެއަރ ހޮސްޕިޓަލުން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ގިފްޓް ވައުޗަރސް ލިބޭނެ އެވެ.

#ލަވްޔޯއައިޒް ކެމްޕޭންގެ ތެރެއިން ފޮޓޯ މުބާރާތެއްވެސް ކުރިއަށްދާނެ އެވެ. މުބާރާތުގައި ބައިވެރިވުމަށް އައިކެއަރގެ ސޯޝަލް މީޑީއާ އެކައުންޓްތައް ފޮލޯކޮށް، ކެމްޕޭން ތެރެއިން ހިންގާ ހަރަކާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށް އައިކެއަރ.މޯލްޑިވްސް ޓެގް ކުރަން ވާނެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯތަކުގައި ބޭނުންނަމަ #ލަވްޔޯއައިޒް ވެސް ބޭނުންކުރެވިދާނެ އެވެ. ލަކީ ޑްރޯއާއި ހިއްސާ ކުރާ ފޮޓޯތަކުގެ ތެރެއިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

އައިކެއަރގެ އަމާޒަކީ މިކެމްޕޭން މެދުވެރިކޮށް އާންމުންގެ މެދުގައި ލޮލުގެ ސިއްހަތާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ލިބެންހުރި ހިދުމަތްތައް އާންމުންނާއި ހިސާބަށް ފޯރުކޮށްދިނުން ކަމަށް އައިކެއަރ އިން ބުނެ އެވެ.

#ލަވްޔޯއައިޒް ކެމްޕެއިނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3321026 ނަންބަރަށެވެ.