ބޮލީވުޑް

ވަރުންގެ "ބީޅީޔާ"ގެ ލަވައެއްގައި ޝްރައްދާގެ ހާއްސަ ފެނިލުމެއް

ވަރުން ދަވަން އާއި ކްރީތީ ސެނޯންގެ "ބީޅިޔާ"ގެ ޖާދޫ ދައްކަން ފަށައިފި އެވެ.

ޖިއޯ ސްޓޫޑިއޯޒް އާއި ދިނޭޝް ވިޖަން ޕްރޮޑިއުސް ކޮށްފައިވާ މި ބިރުވެރި ފިލްމުގައި ވަރުން ކުޅެނީ ވެއާވުލްފެއްގެ ބައެވެ.

ފިލްމުގެ ފުރަތަމަ ލަވަ "ތުމްކޭޝްވަރީ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު މި ލަވަޔަށް ވަރުން އާއި ކްރީތީ ވަރަށް ފަރި ނެށުންތަކެއް ނަށާތަން ފެނެ އެވެ. ނަމަވެސް ފޭނުންނަށް ބޮޑު ހައިރާންކަމެއް ލިބުނީ ލަވައިގެ ވަކި ހިސާބަކުން ޝްރައްދާ ކަޕޫރު މި ލަވައިގައި ބައިވެރިވުމުންނެވެ.

ގަނޭޝް އަޗާރިއާގެ ކޯރިއޮގްރަފީ އަށް ޝްރައްދާގެ ފަރި ނެށުން ލަވަ ނިމޭ ހިސާބުން ފެނުމުން މި ފިލްމުގައި ޝްރައްދާގެ އިތުރު ރޯލެއް އޮވެދާނެތޯ ނުވަތަ މިހިސާބުން އޭނާ ކުޅޭ ބައި ނިމުނީތޯ ބެލުންތެރިން ވަނީ ސުވާލު އުފައްދާފަ އެވެ.

ޝްރައްދާ މީގެ އަހަރު ތަކެއް ކުރިން ކުޅުނު ބިރުވެރި ފިލްމު "ސުތުރީ"އަކީ ވެސް "ބީޅިޔާ"ގެ ޑައިރެކްޓަރު އަމަރް ކޯޝިން އުފެއްދި ފިލްމެކެވެ. "ސުތުރީ"އަކީ ވެސް އަންހެން ޖިންނިއެކެވެ. އެހެންވެ "ބީޅިޔާ" އާއެކު އަނެއްކާ "ސްތުރީ"ވެސް އެނބުރި އަންނަނީތޯ ބަލާހިތުން ޝްރައްދާގެ ފޭނުން ތިބީ ކެތްމަދުވެފަ އެވެ.

"ސުތުރީ" އަށް މަރުހަބާ ކިޔާބަލަ. ތުމްކޭޝްވަރީ މިހާރު ބަލާލެވޭނެ" "ތުމްކޭޝްވަރީ"ގެ ވީޑީއޯ ލަވަ އިންސްޓަގްރާމްގައި ޝެއާކުރަމުން ވަރުން ލިޔެފައި ވެއެވެ.

ވަރުން އާއި ޝްރައްދާ އަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެއެކުވެރިންނެވެ. ދެ މީހުންގެ އެކުވެރިކަމާއި ކެމިސްޓްރީ ފެނިފައިވާތީ މި ދެ ތަރިން އެކުގައި ސްކްރީނުން ބަލާލަން އެމީހުންގެ ފޭނުން އަބަދުވެސް އެދެމުން ދެއެވެ.