އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ޗެއާޕާސަނެއްގެ ގޮތުގައި ކަނޑައަޅައި ކީރިތި ގުރުއާނާބެހޭ މަރުކަޒަށް ލަފާދޭ މަޖިލީހެއް މިއަދު އެކުލަވާލައްވައިފި އެވެ.
މިއީ ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެކުލަވާލި މަޖިލީހެކެވެ.
މި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ އެޑްވައިޒާ ޓު ދަ މިނިސްޓާ ޝައިހް މުހައްމަދު ރަޝީދު އިބްރާހިމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު އަލީ ވަހީދާއި އިސްލާމިކް މިނިސްޓްރީގެ ނައިބު ޝައިހް އިބްރާޙިމް އަހްމަދު އެވެ.
އަދި މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ނައިބު މުހައްމަދު މުސްތަފާ އިބްރާހިމް އާއި ގުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ އަދި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ އެވެ.
މި މަޖިލީހުގެ ބައްދަލުވުންތައް އިންތިޒާމްކޮށް، ވިލަރެސްކޮށް ބަލަހައްޓަވާނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންނެވެ.