ހަބަރު

އެކައުންޓެންޓުންގެ ފޯރަމް ފަށައިފި

ރާއްޖޭގެ އެކައުންޓެންޓުންނަށް ބާއްވާ އެންމެ ބޮޑު މަހާސިންތާ -- މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް މިއަދު ފަށައިފި އެވެ.

ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމްކުރާ މި ފޯރަމަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެކެވެ.

ކުލަގަދަ ރަސްމިއްޔާތަކައި އެކު ދަރުބާރުގޭގައި މިއަދު ފެށި ފޯރަމް އިފްތިތާހް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު އެވެ.

ދެދުވަހުގެ މުއަދަތަށް ކުރިއަށް ގެންދާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އުފެދުނު ފަހުން މިހާތަނަށް ހާސިލްކުރެވުނު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ފޯރަމްގެ މަގުސަދުތަކުގެ ތެރޭގައި އެކައުންޓިން ދާއިރާގައި ކުރިމަތިވާ މައްސަލަތަކާއި ފުރުސަތުތަކާއި މެދު މެދު ހިޔާލު ބަދަލުކޮށް ވާހަކަ ދެއްކުމާއި ތަޖުރިބާތައް ހިއްސާކުރުމާއި އެކަކު އަނެކަކާ ބައްދަލުވެ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމާއި ބަދަލުވަމުންދާ ކަންކަމަށް އަހުލުވެރިކުރުންވެސް ހިމެނެ އެވެ.

މި އަހަރުގެ ފޯރަމް އަމާޒުވެގެންދާނީ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާ، ސަސްޓެއިނަބަލް ފައިނޭންސިން އަދި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ތަފާތު ގިނަ އިންޑަސްޓަރީތަކުގައި ހުރި އެކި ގޮންޖެހުންތަކަށް ކަމުގައި މޯލްޑިވްސް އެކައުންޓްސް ފޯރަމް އިިންތިޒާމް ކުރާ ސީއޭ މޯލްޑިވްސްއިން ބުންނެފައިވެ އެވެ.