ހައިކޯޓް

ހައިކޯޓް ފަނޑިޔާރު ކަމަށް ކުރިމަތިލީ ބާރީ ގާޒީ އާއި ސައީދު ގާޒީގެ އިތުރުން ނިޔާޒް

Jan 17, 2016

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ތި ގާޒީއަކު ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީގެ މީޑިއާ ކޯޑިނޭޓަރު ހަސަން ޒަހީނު ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރުމުން އެމަގާމަށް ކުރިމަތި ލާފައި ވަނީ ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި އެ ކޯޓްގެ ގާޒީ ސައީދު އިބްރާހިމް އާއި ހދ. ވައިކަރުދޫ ކޯޓް މެޖިސްޓްރޭ މުހައްމަދު ނިޔާޒު ކަމަށެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކުރީ އެކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފު ރިޓަޔަ ކުރެއްވުމުންނެވެ. ހައި ކޯޓްގެ ފަނޑިޔާރު ކަމުގެ މަގާމަކީ މުސާރައަށް 32000ރ. ލިވިން އެކަވަންސްގެ ގޮތު 15000ރ. އަދި ރިސްކް އެލަވަންސްގެ ގޮތު 3300 ރ. ލިބޭ މަގާމެކެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ގެންދަނީ ޖޭއެސްސީން ކުރަމުންނެވެ. އެ ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންގެ މުއްދަތު ހަމަވެފައިވަނީ އިއްޔެ އެވެ.