ކްލެސިކް

ކްލެސިކްގެ ލޯޔަލްޓީ ކާޑު ތައާރަފްކޮށްފި

މަޝްހޫރު ޖީ2000 ބްރޭންޑް އަދި ޖިއަޑާނޯ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު -- ކްލެސިކް އިން ކަސްޓަމަރުންނަށް "ކްލެސިކް އޮނާސް" ގެ ނަމުގައި ލޯޔަލްޓީ ކާޑެއް ތައާރަފް ކޮށްފި އެވެ.

ކްލެސިކް އޮނާސް ތައާރަފް ކޮށްފައިވަނީ އޮކްޓޯބަރު 29 ގައި ކްލެސިކްގެ ފިހާރައިގައި ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

ނަން މަޝްހޫރު ބައެއް ބޭފުޅުންވެސް ބައިވެރިވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.



ކްލެސިކްއިން ބުނީ ލޯޔަލްޓީ ކާޑުގެ ހިދުމަތް ލިބިގެން ދާނީ G2000 އަދި ޖިއަޑާނޯ ބްރޭންޑުގެ އަންނައުނު ގަނެގެން 100 ޕޮއިންޓަށް ވުރެ މަތިން ހޯދައިގެންނެވެ.

ކްލެސިކް އޮނާސްއަކީ ކަސްޓަމަރުން ވަރަށް އިންތިޒާރު ކުރަމުން ދިޔަ އެއްޗެއް ކަމަށާއި މި ލޯޔަލްޓީ ކާޑު ބޭނުން ކޮށްގެން ކްލެސިކްގެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދީފައިވެ އެވެ.

ރާއްޖޭގައި ފެޝަނަށް ލޯބި ކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކްލެސިކް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މި ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގަ އެވެ.