ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން، ހޫގޯ ސްވަޔާއާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސި ފޮރިން އެންޑް ކޮމަން ވެލްތް އޮފީހުގެ މިނިސްޓަރު ހޯގޯ ސުވަޔާ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވައިފި އެވެ.

ހޫގޯ، ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނު އެވެ.

ރައީސް އޮފީހުން ބުނީ، މިނިސްޓަރު ހޫގޯއާ އެކު ރައީސް ޔާމީން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެގައުމުން އެހީތެރިވެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.