ބޮލީވުޑް

ތިން އަހަރަށްފަހު ޕްރިޔަންކާ މުމްބާއީއަށް އައި ސަބަބު

ޕްރިޔަންކާ ދަރިފުޅު މާލްތީ މާރީ ގޮވައިގެން
100%
0%
0%

އެއްގޮތަކަށް ވެސް އިންޑިޔާއަށް ނައިސް ތިން އަހަރަށް ވުރެ ގިނަ ދުވަހަށްފަހު ޕްރިޔަންކާ ޗޯޕްޅާ ރޭ ވަނީ މުމްބައި އަށް ގޮއްސަ އެވެ. ޕްރިޔަންކާގެ ދަތުރުގައި އޭނާގެ ދަރިފުޅު މާލްތީ މާރީ ވެސް ގެންދިޔަ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައި ވެއެވެ.

ޕްރިޔަންކާގެ މި ދަތުރަކީ ވިޔަފާރީ ދަތުރެކެވެ. މި ދަތުރުގައި ޕާސަނަލް ހައިޖީން އާއި ކޮސްމެޓިކްސް އުފައްދާ ވަރަށް ނަން މަޝްހޫރު ބްރޭންޑަކާ ގުޅިގެން އަމިއްލަ ޝޭމްޕޫ ބްރޭންޑެއް ލޯންޗުކުރަން ހަމަޖެހިފައި ވެއެވެ.

އަދި ބޮލީވުޑްގެ ބައެއް ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައި ވެއެވެ. ޕްރިޔަންކާ ބައްދަލުކުރާ މީހުންގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ވިޝާލް ބަރްދްވާޖް ހިމެނޭ ކަމަށް ވެއެވެ.

ބާންސާލީ އާއެކު ޕްރިޔަންކާ ވަނީ "ބާޖީރާއޯ މަސްތާނީ"ގައި މަސައްކަތް ކޮށްފަ އެވެ. އަދި ވިޝާލް އާއެކު "ސާތު ޚޫން މާފް" "ކަމީނޭ"ގައި މަސައްކަތް ކޮށްފައި ވެއެވެ.

ޕްރިޔަންކާ ކުޅެން އެއްބަސްވެ ނުނިމި މިހާރު އޮތީ ބޮލީވުޑް އެންމެ ފިލްމެކެވެ. އެއީ ކެޓުރީނާ ކައިފް އާއި އާލިއާ ބަޓް އާއެކު ކުޅެން ހަމަޖެހިފައިވާ "ޖީ ލޭ ޒަރާ" އެވެ.

ބޮލީވުޑް ފިލްމުތައް ނުކުޅުނަސް ފާއިތުވީ ތިން އަހަރު ހޮލިވުޑް ގިނަ ޕްރޮޖެކްޓްތަކެއްގައި ޕްރިޔަންކާ މަސައްކަތް ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345