ބޮލީވުޑް

ޕްރިޔަންކާގެ 25 މިލިއަން ޑޮަލަރުގެ އަގުހުރި ހާރު ނީލަން ކިޔަނީ

މެޓް ގާލާ އިވެންޓްގައި ޕްރިޔަންކާ 25 މިލިއަން ޑޮލަރުގެ އަގުހުރި ހާރު އަޅައިގެން
0%
0%
0%

މެޓް ގާލާ 2023 އިވެންޓުގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަތަރު ވަނަ ފަހަރަށް ބައިވެރިވެފައިވާއިރު އެހެން ފަހަރު ތަކާ ޚިލާފަށް މިފަހަރު އޭނާއަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ ކަރުގައި އަޅާފައިވާ އަގުބޮޑު ހާރަކަށެވެ.

ވެލަންޓީނޯގެ ހުދާއި ކަޅުގެ ގައުނަކާއެކު ޕްރިޔަންކާ ބޭނުންކޮށްފައިވަނީ ބުލްގާރީ ބްރޭންޑްގެ ހާރެކެވެ. މިއީ ބުލްގާރީގެ ޑައިމަންޑް އުފެއްދުންތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް އުފެއްދުމެވެ. މި ހާރުގައި ޖަހާފައިވަނީ ވަރަށް އަގުހުރި ޑައިމަންޑް ތަކެކެވެ. މި 11.6 ކެރެޓްގެ ޑައިމަންޑްހާރުގެ އަގަކީ 25 މިލިއަން ޑޮލަރެވެ.

މެޓް ގާލާ އިވެންޓަށް ފަހު ޕްރިޔަންކާ މި ހާރު ނީލަން ކިޔަން ހަމަޖެހިފައިވާ ކަމަށް ވެސް ބައިނަލްއަގުވާމީ ނޫސްތަކުން ބުނެފައި ވެއެވެ.

މި އިވެންޓަށް ޕްރިޔަންކާ ވަދެގެން އައިއިރު އޭނާއަށް އެންމެ ހަރު އަޑުން ތަރުހީބު ދެމުން ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެވެ.

ޕްރިޔަންކާގެ އެކްޓީން ކެރިއަރަށް ބަލާއިރު އޭނާ އެންމެ ފަހުން ކުޅުނު އެމެރިކަން ވެބް ސީރީޒް "ސިޓަޑެލް" ރިލީޒްކޮށް ގިނަ ބައެއްގެ ސަމާލުކަން ފިލްމަށް ލިބިފައި ވެއެވެ. އަދި މިހާރު އޭނާ ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން ރޮމެންޓިކް ކޮމެޑީ ފިލްމު "ލަވް އެގެއިން" އަންނަ މަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ޕްރިޔަންކާ އާއެކު ބައިވެރިވާ މަޝްހޫރު ތަރިންގެ ތެރޭގައި ސޭމް ހިއުގަން އާއި ސޭލިން ޑިއޮން ހިމެނެ އެވެ. އަދި ބޮލީވުޑް ފިލްމެއް ކަމަށްވާ "ޖީ ލޭ ޒަރާ"ގެ މަސައްކަތް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ޕްރިޔަންކާ ފަށާނެ ކަމަށް ވެއެވެ.

ފަރްހާން އަޚްތަރު އުފައްދާ މި ފިލްމުގައި ޕްރިޔަންކާ އާއެކު ކެޓުރީނާ ކައިފް އާއި އާލިއާ ބަޓް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345