ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓް ރަޝިއާ އިން ސީދާ އިންޑިއާގެ ގޮވާއަށް ދަތުރު ފަށަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުތައް މާދަމާ -- ނޮވެމްބަރު ދޭއްގައި ފަށާނެ އެވެ.
އިންޑިއާ އާއި ރަޝިއާއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރުމަށް ރައީސް ލަޑިމިއާ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.
އުޒްބެކިސްތާންގެ ސަމަރުގަންދުގައި ސެޕްޓެމްބަރު 15 އިން 16 އަށް އޮތް ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ ހަވާސާގައި ޕޫޓިން އާއި މޯދީ ވަނީ ބައްދަލު ކުރައްވައި ވިޔަފާރި މަޝްވަރާ ކުރައްވާފަ އެވެ.
އިންޑިއާގެ ގޯއާ އަކީ ރަޝިއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލެކެވެ. މޮސްކޯ އާއި ގޯއާއަ ދެމެދު -- ހަފުތާއަކު ތިން ދުވަހު ދަތުރުތައް ފެށުމުން އިންޑިއާ އާއެކު އޮތް އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް އޭރޯފްލޮޓްގެ ޖެނެރަލް ޑައިރެކްޓަރު އޯލެގް ކޮރޮލެފް ވިދާޅުވި އެވެ.
އޭރޯފްލޮޓުން ގޯއާ އަށް ޚާއްސަކުރާ ފްލައިޓް -- އެއާބަސް އޭ330 ގައި ބިޒިނަސް ކުލާހުގައި 268 ގޮޑި އަދި އިކޮނޮމީ ކުލާހުގައި 28 ގޮނޑި ހުރެ އެވެ. އެހެންކަމުން މިއީ ވިޔަފާރިވެރިންނަށް އަދި މަތީ ފަންތިގެ ޓޫރިޒަމް ޚިދުމަތަށް ބޭނުންވާ މީހުންނަށް ޚާއްސަ ފްލައިޓެެކެވެ.
އޭރޯފްލޮޓުން މިހާރު ވެސް އިންޑިއާ އަށް ދަތުރުކުރެ އެވެ. އެއީ މޮސްކޯ-ދިއްލީ-މޮސްކޯ، ހަފުތާއަކު ދެދުވަހު އެވެ.
ރަޝިއާ އަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކާ ހެދި އޭރޯފްލޮޓަށް ވަނީ ގިނަ މަންޒިލްތަކެއް ގެއްލިފަ އެވެ. އެހެންކަމުން އިންޑިއާގެ އެެހެން މަންޒިލަކަށް ދަތުރުކުރަން ފެށުމަކީ އޭރޯފްލޮޓަށް ލިބޭނެ ކުރިއެރުމަކަށް ވާނެ އެވެ.