ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހިފައިވާ ޗައިނާ މީހަކު ކެރޭނެއްގައި އުފުލައިފި

ޗައިނާގައި ކޮވިޑް ވަރަށް ބޮޑަށް އަނެއްކާވެސް ފެތުރެމުންދާތީ އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ބައެއް ހިސާބުތައް ލޮކްޑައުން ކޮށްފައި ވެސް ވެއެވެ.

ކޮވިޑް ޖެހޭ މީހުން ދެކެ ޗައިނާ މީހުން ގަންނަ ބިރެއްގެ ބޮޑުކަމުން ބަލި ޖެހިފައިވާ މީހަކު ކެރޭނެއްގައި އެއް ތަނުން އަނެއް ތަނަށް އުފުލަނިކޮށް ފެންނަ ވީޑިއޯ އެއް މީގެ ދެ ދުވަހެއް ކުރިއްސުރެ ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.

މި ވީޑީއޯ ރެކޯޑް ކޮށްފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ކަމަށް ލަފާ ކުރެވެ އެވެ.

މި ވީޑީއޯ އިން ފެންނަނީ ކޮވިޑް ޖެހިފައިވާ މީހަކު ކެރޭނެއްގައި އެލުވައިގެން ތަނަކަށް ގެންދާ މަންޒަރެވެ. މިއީ ކޮވިޑް ޖެހިދާނެތީ ބިރުން އެމީހާ އާ ގާތް ނުވާންވެގެން ހެދި ގޮތެއް ކަމަށް ލަފާ ކުރެވެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހާރު ވަނީ ޒީރޯ ކޮވިޑް ސިޔާސަތެއް ކަނޑައަޅުއްވައި އިއުލާން ކުރައްވާފަ އެވެ. މި ހަރުކަށި ޕޮލިސީގެ ދަށުން ކޮވިޑް ޖެހިފައިވާ މީހުން ފެންނަ ހުރިހާ ސިޓީތަކެއް ލޮކްޑައުން ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޗައިނާގެ ކޮވިޑް ސިޔާސަތަށް ދުނިޔޭގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަބަބަކީ ޗައިނާ އަކީ ދުނިޔޭގެ އިގްތިސާދުގެ މުހިއްމު ބައިވެރިޔަކަށް ވެފައި ޗައިނާގެ ސިޓީތައް މިގޮތަށް ލޮކްޑައުން ކުރުމުން އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކޮށް އިގްތިސާދުތަކުގެ ދުވެލި މަޑުވާތީ އެވެ.

މިހާރު އެ ގައުމުން ލޮކްޑައުން ކޮށްފައިވާ ސިޓީތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކޮވިޑް ޖެހިފައިވާ މީހެއް ފެނުނު ވޫހާން ހިމެނެ އެވެ.