މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީ ހުއްޓުވަން އުޅުމުން ޓީޗަރުގެ ބޯފަޅާލައިފި

Nov 2, 2022

ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގައި ހިންގި މާރާމާރީއެއް ހުއްޓުވަން މަސައްކަތް ކުރި ޓީޗަރެއްގެ ބޯފަޅާލައިފި އެވެ.

ދެކުނުގެ ރަށެެއްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއްގެ މެދުގައި ހިންގި މަރާމާރީއެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފައިވެ އެވެ.

ކުޑަކުދިންތަކަކާ ގުޅޭ މައްސަލައެއް ކަމަށްވާތީ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

މާރާމާރީ ހިންގީ ގުރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރު ގުރޭޑް އަށެއްގައި ކިޔަވަމުންދާ ކުއްޖަކު އިން ކްލާހަކަށް ވަދެ ޓީޗަރުގެ ހާޒިރުގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ޓީޗަރުގެ ބޯފަޅާލީ މާރާމާރީ ހުއްޓުވަން ޓީޗަރު މަސައްކަތް ކުރުމުންނެވެ.

އަނިޔާވި ޓީޗަރަށް ފުވައްމުލު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.