ލައިފްސްޓައިލް

50 އަހަރުގެ ފަސްޓް ލޭޑީ ޒުވާންކަމުން ހައިރާންވެއްޖެ

ދެކުނު ކޮރެއާގެ ފަސްޓް ލޭޑީ އަށް މިއަހަރު 50 އަހަރުވީ އެވެ. ނަމަވެސް ބަލާބެލުމެއް އަދިވެސް އެކަމަނާ ހީވަނީ 20 އަހަރުގެ ޒުވާން އަންހެން ކުއްޖެއް ހެންނެވެ. އެކަމަނާގެ ގައިގެ ހަން 20 އަހަރުގެ ޒުވާނެކޭ ތަފާތެއް ނެތެވެ.

ކިމް ކުން ހީ ފެންނަ އެންމެންނަށް ވެސް ލިބެނީ ޝޮކެކެވެ. އެމީހުން ހީކުރި ވަރަށް ވުރެ އެކަމަނާ މާބޮޑަށް ޒުވާންކޮށް ފެންނާތީ އެވެ.

އެކަމަނާގެ ޒުވާން ކަމާއި ރީތިކަމާ އެއްވަރަށް އެކަމަނާގެ ހެދުންއެޅުމުގެ ސްޓައިލް ވެސް ދެކުނު ކޮރެއާގައި ވަރަށް މަޝްހޫރެވެ. އަދި އެކަމަނާގެ ސްޓައިލް ކޮޕީކުރާ ފޭނުން އެ ގައުމުގައި ވަރަށް ގިނަ އެވެ.

އެކަމަނާ އަކީ ކޭ-ބިއުޓީ ޕްރޮޑަކްޓްސް އެންޑޯޒްކުރާ ބޭފުޅެއް ވެސް މެއެވެ. އަދި ކާމިޔާބު ވިޔަފާރިވެރިއެއް ވެސް މެއެވެ.

އެކަމަނާ ފިޓްކޮށް ހުންނަވަން ކުރައްވާ ކަމެއް ނޭނގުނަސް ގަވާއިދުން ކަސްރަތުކޮށް ފިޓްނަސް އަށް ވަރަށް ފަރުވާ ބަހައްޓަވާކަން އެކަމަނާގެ ހަށިގަނޑަށް ބަލާލީމަ ޔަގީންވާ ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެ އެވެ.

އާއްމުކޮށްވެސް ކޮރެއާގެ މީހުންގެ ހަންގަނޑު ހުންނަނީ ބިއްލޫރިކޮޅެއްހާ ރީތިކޮށް އޮމާން ކޮށެވެ. ދެކުނު ކޮރެއާގެ ފަސްޓް ލޭޑީގެ ގައިކޮޅުގައި ވެސް ހުންނަނީ ހަމަ ރީތި ހަމެވެ.

ދެކުނު ކޮރެއާގެ މީރު ކެއުންތަކަށް ފަސްޓް ލޭޑީ ލޯބިކުރައްވަ އެވެ. މީގެ ތެރެއިން ގިނަ ކެއުންތަކަކީ ހަންގަނޑަށް ވަރަށް ރަނގަޅު ކެއުން ތަކެވެ.