ބޮލީވުޑް

ކަންގަނާ ސިޔާސީ މައިދާނަށް ނުކުންނަނީ

ކަންގަނާ ރަނާވަތު އިންޑިއާގެ ސިޔާސީ މައިދާނަށް ނުކުންނަން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފި އެވެ. އެއީ ހިމާޗަލް ޕްރަދޭޝްގެ މީހުންނަށް ޚިދުމަތް ކޮށްދޭނެ ފުރުސަތެއް އޭނާއަށް ލިބިއްޖެނަމަ އެވެ.

އިންޑިއާ ޓުޑޭ ކޮންކްލޭވްގައި ބައިވެރިވެ އެ ޝޯގެ ހޯސްޓް ކުރި ސުވާލަކަށް ޖަވާބު ދެމުން ކަންގަނާ ބުނީ ހިމާޗަލް ޕްރަދޭޝްގެ ރަށްވެހިން އެމީހުންނަށް ޚިދުމަތްކޮށްދިނުމުގެ ފުރުސަތު އޭނާއަށް ދީފިނަމަ ވަރަށް އުފާވާނެ ކަމަށެވެ.

ކަންގަނާ ބުނީ 2024ގެ ލޯކް ސަބާ އިންތިޚާބުގައި ބީޖޭޕީން އޭނާއަށް ޓިކެޓް ދީފިނަމަ ސިޔާސީ މައިދާނަށް ނުކުންނަން ތައްޔާރު ކަމަށެވެ.

ކަންގަނާގެ ފިލްމީ ކެރިއަރަށް ބަލާއިރު މިހާރު މަސައްކަތް ކުރަމުންދަނީ "އިމަޖެންސީ" ކިޔާ ފިލްމެއްގަ އެވެ.

މި ފިލްމުގައި ކަންގަނާ ކުޅެނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީގެ ކެރެކްޓާ އެވެ.