އަހުމަދު ނިހާން ހުސައިން މަނިކު

އައިސީޔޫ ފަރުވާ ހޯއްދެވުމަށްފަހު ނިހާން ކޮޓަރިއަށް، ހާލު ރަނގަޅު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިއަދު ރޫމް އަކަށް ބަދަލުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ގަޑީގައި ފުއްޕާމެއައް ތަދެއް އަރައިގެން އޭޑީކޭ އިން ފަރުވާދޭ ހޯއްދަވަމުން އަންނަ ނިހާންގެ ހާލު އިތުރަށް ގޯސް ވެގެން އެރޭ ވަނީ އައިސީޔޫގައި އެޑްމިޓްކޮށްފަ އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ނިހާނަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ހޮސްޕިޓަލުން ދޫކޮށްލާނެ ވަކި ދުވަހެއް ނޭންގޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.