މާލޭ ސިޓީ

ކާނިވާ ސަރަހައްދަށް އުދައަރައި ފެން ބޮޑުވެފައި

މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނު ދިޔަވަރު ބޮޑުވުމާއިއެކު ކާނިވާ ސަރަހައްދަށް އުދަ އަރަން ފަށައި އެ ސަރަހައްދުގައި ހުރި ރެސްޓޯރެންޓުތަކަށް ވެސް ވަނީ ލޮނުގެ އަސަރު ކޮށްފަ އެވެ.

މީގެ އިތުރުން އެ ސަރަހައްދުގެ ޕާކިންގް ޒޯނުގައި ހުރި އުޅަނދުތަކަށް ވެސް އުދައިގެ ސަބަބުން ވަނީ ގެއްލުން ލިބިފަ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ދަނީ އުދައަރަމުންނެވެ. އެކަމަކު މިއީ އާދައިގެ އުދައެއް ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.