ހަބަރު

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށް ދަނީ

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ --- ފޮޓޯ: ޕީޕީއެމް
0%
0%
0%

އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް އެބަދެ އެވެ.

މިއަދު ހަވީީރު 4:00 އާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި 87 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާނެ އެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިއިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް އެބަދެ އެވެ. ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެރަށެއްގެ ޕީޕީއެމްގހެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަނެއްގަ އެވެ.

މާލޭގައި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ ހެންވޭރު ދަނޑުގަ އެވެ. ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގަ އެވެ. ހުޅުމާލޭގައި ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގަ އެވެ.

"އިންތިހާބުގެ ހުރިހާކަމެއް ވެސް ދަނީ ރަނގަޅަށް" ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި އެވެ.

ޕީޕީއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އިންތިހާބުގައި ވޯޓު ލެވޭނީ ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް މީހުންނަށް އެކަނި ކަމަށެވެ.

ވޯޓު ލާން ދާ މީހުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހެ އެވެ. އެ ލިޔުމުގެ މުއްދަތު ހަމަވެފައި ވިޔަސް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910