އިފޮޕްކާ

އިފޮޕްކާގެ ކޮންވެންޝަން މިމަހު ބާއްވަނީ

އިފޮޕްކާގެ ކުރީގެ ކޮންވެންޝަނެއްގެ ތެރެއިން --- ފޮޓޯ: ކޮންސްޓްރަކްޝަން އެންޑް ޕްރޮޕަޓީ. ކޮމް
0%
0%
0%

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ ކޮންވެންޝަން މި މަހު 15 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓް ބާއްވަން ތައްޔާރުވެއްޖެއެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އެކު 22 ގައުމަކުން ޖުމްލަ 500 މެންބަރުން ބައިވެރިވާ މި ބޮޑު ކޮންވެންޝަނަކީ އިފޮޕްކާގެ 45 ވަނަ އަހަރީ ކޮންވެންޝަނެެވެ.

މީގެ ކުރިން ދެ ތާރީހެއްގައި މިކޮންވެންޝަން ރާއްޖޭގައި ބޭއްވުމަށް ކަނޑައެޅި ނަމަވެސް އެކި ސަބަބުތަކާ ހެދި ފަސްކުރީ އެވެ.

ކޮންވެންޝަން ޗެއާ ކުރައްވާނީ އިފޮޕްކާގެ މިދައުުރުގެ ރައީސް އަދި މި ޖަމިއްޔާގެ ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރައްވާފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަން ޖަމިއްޔާ -- މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޖަނާހު ވިދާޅުވީ ކޮންވެންޝަންގައި މިސަރަހައްދުގެ މިހާރުގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގެ އެކި ކަންކަމަށް އަލިއަޅުވަލެވިގެން ތަފާތު ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރީގެ ތަޖުރިބާކާރު ބޭފުޅުން މި ކޮންވެންޝަންގައި ބައިވެރިވުމަކީ ރާއްޖެއަށް މިދާއިރާއިން ބޭރުގެ އިންވެސްޓްމެންޓުތަކަށް ދޮރުހުޅުވިގެންދާނެ ފުރުސަތަކަށް ވާނެ ކަމުގައިވެސް ޖަނާހު ވިދާޅުވި އެވެ.

އިފޮޕްކާގެ ކޮންވެންޝަން ބާއްވަން ތައްޔާރުވާއިރު، މި ބައްދަލުވުމަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމަށް ވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345