ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހދ. ކުޅުދުއްފުށީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 11:45 ހާއިރު ކުޅުދުއްފުށީ އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގަ އެވެ. އެ އެކްސިޑެންޓް ހިނގީ ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން އަނބުރާ ސައިޓަށް ދަތުރުކުރި އެމްޓީސީސީގެ ލޮރީއެއްގައި ކާރު ޖެހިގެން ނެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިކަން އެސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އަވަސް އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ވެފަ އެވެ. ކާރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާއިރު ކާރުގެ ދޮރެއް ވަނީ ބަނޑިވެ ގެއްލުން ލިބިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.