ބޭރު ކުޅިވަރު

ސުއަރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ ހަމަޖެހިލައިފި

އެތްލެޓިކް ކުލަބު ކޮޅަށް ލުއިސް ސުއަރޭޒް ހެދި ހެޓްރިކާއެކު 6-0އިން މޮޅުވެ، ބާސެލޯނާ ހަމަޖެހިލައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާގެ ލަޔޮނަލް މެސީ ޖެހި ލިބުނު ޕެނަލްޓީއަކުންނެވެ. އެގެ ކުރިން އެތްލެޓިކް ކުލަބުގެ މޮރެނޯ އަށް ވަނީ ރަތްކާޑު ދައްކައި ފޮނުވާލައިފަ އެވެ.

ބާސެލޯނާއިން ނޭމާ އާއި އިވާން ރަކިޓިޗް ވެސް ގޯލު ޖެހި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ޓޭބަލުގެ ދެ ވަނާގަ އެވެ. ނަމަވެސް އެއީ އެއްވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެތްލެޓިކޯ އަށް 47 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ތިން ވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

ލީގުގައ ރޭ ރެއާލް މޮޅުވީ ސްޕޯޓިން ގިޖޮން އަތުން 5-1އިންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ ކޮންމެ ކުޅުންތެރިއަކށް ދެ ލަނޑު ޖެހިއިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގްރެތް ބޭލް އެވެ.