މޯލްޑިވްސް ޕޮލިސް ސާވިސް

އޮޅުވާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކޮށްފި

Nov 8, 2022

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި މިމަހުގެ އެއްވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އޭނާ ވަނީ ބީއެމްއެލް މެދުވެރިކޮށް ފައިސާ ޖަމާކުރި ކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން އޮޅުވާލައިގެން 170،000 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކޮށްފަ އެވެ.

ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

"އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވެ އެވެ،" މި މީހާއާ ގުޅޭގޮތުން ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހާގެ ވަނަވަރާއި އޭނާގެ ކުށުގެ ރެކޯޑްގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.