ސުޕްރީމް ކޯޓް

ޒަކީގެ ޕާސްޕޯޓްގެ މައްސަލަ ސުޕްރީމް ކޯޓަށް

Nov 8, 2022

ކުރީގެ ވަޒީރު އިބްރާހީމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން އަމުރުކުރުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސްފި އެވެ.

ޒަކީގެ ޕާސްޕޯޓް ހިފަހައްޓަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އަމުުރުކުރީ ހުކުމް ތަންފީޒު ކުރުމާ ގުޅޭ މައްސަލައެއްގަ އެެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވުމަށްފަހު ރައީސް ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީގެ މަގާމު ފުރުއްވި ޒަކީގެ ޕާސްޕޯޓްގެ މައްސަލަ ދައުލަތުން އެންމެ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

ހައިކޯޓުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ދައުލަތުން މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅި މިމައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެެވެ.