އަލިފާން

އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

Nov 10, 2022

މ. ނިރުފެހިގޭގައި ގޭގައި ހިންގަމުން ގެންދިޔަ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި އެވެ.

އަލިފާނުގެ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ މެންދަމު 12:17 ހާއިރު ކަމަށް ފުލުހުން ބުނާއިރު ސިފައިންގެ ބުނީ އަލިފާނުގެ މިހާދިސާގެ މައުލޫމާތު ލިބުނީ މިރޭ މެންދަމު 12:30 ހާއިރު ކަމަށެވެ.

އަލިފާން ރޯވި ވަގުތު ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ނަމަވެސް އަލިފާން ރޯވެފައި ހުރި ގެއަށް ސިފައިންގެ ފަޔާމަނުން ޕްރެޝަރުގައި ފެން ޖެހުމާ ގުޅިގެން އަލިފާންގަނޑު މިހާރު ވަނީ ގާތްގަނޑަކަށް ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް އަދިވެސް އެއްކޮށް އަލިފާން ނިއްވާލެވިފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާ މިރޭ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގަ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް ނެރުނެވެ.