އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމައް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިކަމަށް ގޮވާލާފާވަނީ މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން އެވަގުތައް ވާހަކަތަކެއް ދައްކާލައި، އޮއްބާލާ އުސޫލުން މިމައްސަލަ ދޫކޮށް ނުލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތެއްގެ މަތިން ކަންކަން ކުރެވޭ ނިޒާމެއް ކަނޑައަޅާ ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށްވެސް ބަޔާނުގައި އިދިކޮޅުން ސަރުކާރަށް ގޮވާލި އެވެ.
މިހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިވުން އައަވަސް ކުރުމަށްވެސް ގޮވާލާފައިވެ އެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ފަރާތަތްތަކުގެ އާއިލާތަކަށް އިދިކޮޅު ކޯލިޝަނުން ވަނީ ތައުޒިޔާ ކިޔާފަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނާއި ފުލުހުންނަށް އަދި އެހީތެރިވެދިން އާންމު ރައްޔިތުންގެ މަސައްކަތްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބަކލއިގެންފަ އެވެ.
އަލިފާނުގެ ހިތާމަވެރި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.