މާލޭ ސިޓީ ކައުންސިލް

"ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާ ކުރަން ސަރުކާރުން އެއްބާރުލުމެއް ނުދޭ"

ބިދޭސީން ދިރިއުޅޭ ތަނެއް -- ފޮޓޯ: އަވަސް
66.7%
33.3%
0%

މާލެ ސިޓީ ކައުންސިލުން ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކޮށް ސަރުކާރުގެ ކަމާ ބޭހޭ ފަރާތްތަކާއި ހިއްސާ ކުރި ނަމަވެސް މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިމިދިޔަ ކައުންސިލުންވެސް އަދި މިހާރުގެ ކައުންސިލުންވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު އެއްކޮށް ހާލަތު ބަޔާންކުރުމަށްފަހު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ޝިއުނާ މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސިޓީ ކައުންސިލަށް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިއުނާ ވިދާޅުވީ މިހާރުގެ ކައުންސިލުން މާލޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް މާލޭގެ ސިނާއީ ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ސަރުކާރުން ތިލަމާލޭ ބްރިޖު އެޅުމަށް ކަމަށް ބުނެ މުޅި އެ ސަރަހައްދުގެ ބިން ޕްލޭނިންގް މިނިސްޓްރީއަށް ނެނގީ ކަމަށެވެ.

މީގެ އިތުރުން ފަޅުމަތީ މަގުގައި ހުރި ހުސް ބިން ތަކާއި ވިލާ ގޭސްގެ ބިށްދޮށުން އޮއް އާރްޑީސީގެ ބިން ނަގައި އާރްޑީސީއަށް މާލެ އިން އެހެން ބިމެއް ދިނުމުން ސިޓީ ކައުންސިލަށް ބައެއް ކަންކަން ހައްލުކުރުމަށް ދަތިވި ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ. މާލޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް މާލޭގައި ހުރި ބައެއް ހުސް ބިންތަކަށް ބަދަލުކުރެވެން އޮތް މިންވަރަކުން ބަދަލުކުރަން ކައުންސިލުން މަސައްކަތް ފެށުމުން ޕްލޭނިން މިނިސްޓްރީން އެ މަސައްކަތްވެސް ހުއްޓުވާ، އެބިންތައް ވެސް ކައުންސިލުގެ ބެލުމުގެ ދަށުން ނަގާފައި ކަމަށްވެސް ވިދާޅުވި އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އަލިފާން ރޯވި އިމާރާތުން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސިފައިން ކަށަވަރުކޮށްދެ އެވެ. އަލިފާން ރޯވިތަނުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ވަނީ މަރުވެފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާދަމާދެކޭމީހާ

ކަމެއްވީމަ އެއްބަޔަކު އަނެއްބަޔަކައް ފޫޅުކެޑުން ނޫން ކަމެއް ކުރާނެ ގާބިލް ބަޔަކާ ހަވާލު ނުކޮއް އަމިއްލަ ބޮނޑި ބަންނަން މަސައްކަތް ކުރުމަކުން ލިބޭނެ މޮޅެއް ނޯންނާނެ

ށާނީ..

ގިނަ ދިވެހި ކޮންސްޓުރަކްޝަން ކުންފުނިތަކުގެ ބިދޭސީ މަސައްކަތުމީހުން ގެންގުޅޭތަންތަން ފެނިއްޖެިޔާ ކަރުނައަޅާނެ. މިއިން އެއްވެސް ތަނެއް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މޮނިޓަރކޮއް ސާރޓިފައި ކުރުމެއް ނޯވޭ. ގޭގެ ވަޅުބުރި ތެރޭވެސް ގޮދަޑިއަކާއި ބާލީހެއްދީފަ ނިންދަވާފާނެ ބިދޭސީއަކު. ދެން މި ކޮންސްޓުރަކްޝަން ކުންފުނިތަކުވެ ވެރިން ތިބޭނެ މާޖެހި ގަމީސްލާފަ މޫނުގަ މޭކަޕް ހަދައިގެން އަގު ބޮޑުކާރުގަނެގެން މާ ހެޔޮ ބަޔެއްކަމުގެ ދަޅަ ދައްކަން. ރާއްޖޭއަށް އެންމެ ގިނަ މީހުން ކޯޓާގައ ތިބި ކޮންސްޓުރަކްޝަން ކުންފުނިތަކުގެ އެކޮމޮޑޭޝަންތަކާއި ސުޓާފުންގެ ހާލަތު ބަލައ ގަވާއިދު އިންޑިޕެންޑެންޓް އޮޑިޓް ހަދައި ސަރުކާރަށް ހުށައަޅަން ޖެހޭގޮތައް ހަދަންޖެހޭ.

ށާނީ

އެނީ

މި ވަގުތުވެސް މާލޭ ސިޓީކައުންސިލުން މެޑަލް ޖަހަންތަ ތިޔަ އުޅެނީ . ބަލަ މިއީ މި ފަސްއަހަރަކު އަދި ކުރީ 5 އހަރަކު ވެގެން އުޅޭ ކަމެއްނޫނޭ. މިއީ މައުމޫނުން ފެށިގެން މިއަދާ ހަމައަށްވެސް ވާ ކަމެކޭ. އެއްވެސް މީހަކަށް މިކަމަކުން ނުރެކެވޭނެ.

ޗާފް

ކޮން އެއްބާރުލުމެއް.. ބިދޭސީން އުޅޭތަންތަން ރެއިޑް ކޮއް ފާސް ކުރުނުގެ ބާރު ސަރުކާރަށް އޮންނާނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345