ހަބަރު

ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖާ ހަވާލުވެއްޖެ

Jun 11, 2020
3
އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި އަޅާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
0%
0%
0%

މާލެ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖާ ހަވާލުވެ، އެތަން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލެ ސިޓީގެ އިންޑަސްޓްރިއަލް ޒޯނުގައި ކުނި ގިނަވެ ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އިއްޔެ ޕްލޭނިން މިނިސްޓްރީން އެ ސަރަހައްދު ކައުންސިލާ ހަވާލު ކުރުމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓް

އިންޑްސްޓްރިއަލް ވިލެޖަކީ ކުރީ ސަރުކާރުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ބޮޑު ބައެއް ހިއްކާ، މާލޭގެ ހުރިހާ ކެމިކަލް ގުދަންތަކާއި ލަކުޑި ގުދަންތަކާއި ގަރާޖު ފަދަ އިންޑަސްޓްރިއަލް މަސައްކަތްތައް ބަދަލު ކުރަން ނިންމި ވިލެޖެކެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަސައްކަތް ފުރިހަމަަ ނުވަނީސް ސަރުކާރު ބަދަލުވެ މަސައްކަތް ހުއްޓުނީ އެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެ އެ ސަރަހައްދުގައި ޕާކު އަޅަން ވަނީ ނިންމައިފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345