މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދިނުން ސަރުކާރުގެ ބާރުގެ ދަށަށް

ގިރާވަރުފަޅު -- ފޮޓޯ: އަބްދުﷲ ޝާހިދު
0%
0%
0%

ސަރުކާރުން ދޫކުރާ ގޯތިތައް ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ވަކި ވުޒާރާއަކުން ދެވޭ ގޮތަށް ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދަށް ޕްލޭނިން މިނިސްޓްރީން ގެނައި އިސްލާހުގައިވާ ގޮތުން ރަޖިސްޓަރީ ދޫކުރާ އިދާރާއަކީ ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި ނުވަތަ ސަރުކާރުން ވަކި ސަރަހައްދެއް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއެކެވެ.

މި ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރަޖިސްޓަރީގައި ހިމަނަންޖެހޭ މައުލޫމާތާއި ރަޖިސްޓަރީ ގެއްލިގެން އަލުން ހެދުމަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތް ހިމަނާފައިވެ އެވެ. ގަވާއިދު އިސްލާހުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.

ސަރުކާރުގެ ވައުދެއް ފުއްދަން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ވަކި މިނިސްޓްރީއަކުން ދޫކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އަދިވެސް އާންމު އުސޫލަކީ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުން ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމެވެ.

މި ބަދަލު މި ގެނައީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރަމުން ދަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345