މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި 12 މީހުން ބަންދަށް

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮފަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރި 12 މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތެވެ.

މިގޮތުން މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގޮތުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ.

ބަންދުގެ މުއްދަތު

  • 23 އަހަރުގެ 2 ފިރިހެނުން، 30 ދުވަސް
  • 26 އަހަރުގެ އަންހެން މީހާ، 7 ދުވަސް
  • 26 އަހަރުގެ 2 ފިރިހެނުންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 5 ދުވަސް
  • 27 އަހަރުގެ ފިރިހެން މީހާ، 15 ދުވަސް
  • 27 އަހަރުގެ އަންހެން މީހާ، 3 ދުވަސް
  • 31 އަހަރުގެ އަންހެން މީހާ، 30 ދުވަސް
  • 34 އަހަރުގެ ފިރިހެން މީހާ، 5 ދުވަސް
  • 36 އަހަރުގެ ފިރިހެން މީހާ، 5 ދުވަސް
  • 37 އަހަރުގެ އަންހެން މީހާ، 5 ދުވަސް
  • 38 އަހަރުގެ ފިރިހެން މީހާ، 30 ދުވަސް

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އާންމުން ދަންނަ މަޝްހޫރު މީހުންތަކެއް ވެސް ހިމެނެ އެވެ.