އެމްއެންޑީއެފް

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ

ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ މި ލޭންޑިން ކްރާފްޓްގައި ހަތަރު މީހުން ދަތުރުކުރި އެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ރަށާއި 14 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެކެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ ބަންޑުން ޖަހާލި އުޅަނދަކީ އެ ރަށުގެ އުޅަނދެއް ނޫން ކަމަަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ އުޅަނދު ބަންޑުން ޖަހާލީ ބެޓެރި ފެއިލްވެގެން ނެވެ،

އުޅަނދު ބަންޑުން ޖަހާލިއިރު އޭގައި ތިބި ތިން މީހުން މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.