ޓެރަރިޒަމް

ޓެރަރިޒަމް އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި

އައްޑޫއާއި މާލޭގައި ސަލާމަތީ ފަރާތްތަކުން ކުރިއަށް ގެންދާ ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ 12 މީހުންގެ ތެރެއިން ނުވަ މީހުން ހައްޔަރުކުރީ އައްޑޫން ކަމަށެވެ. މާލެ އިން ހައްޔަރުކުރީ ދެ މީހުން ކަމަށާއި އަދި ކ. ގުރައިދޫން ވެސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިން ކަމަށާއި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން އިއްޔެ މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ އައްޑޫއާއި މާލޭގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ.

އައްޑޫގައި ބައެއް ގެތަކަށް ވަދެ ބަލައި ފާސްކުރަނީ ސިފައިންގެ ބޮން ސޮކޮޑްގެ އޮފިސަރުންނެވެ.

މި އޮޕަރޭޝަނާ ގުޅޭ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ވެސް އެބަދެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މީހުން މެރުމަށް އެއްވެސް ޖެހިލުމެއް ނުވާ 1000 އަށް ވުރެ ގިނަ ދިވެހިން ރާއްޖޭގައި އުޅެ އެވެ.