އަހުމަދު ނިހާން ހުސައިން މަނިކު

ނިހާން ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭނގޭ: ރިޔާޒު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް އޭނާގެ ގާތް އެކުވެރިޔާ އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ނިހާން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހު ކުއްލި ގޮތަކަށް ފުއްޕާމެއަށް ތަދެއް އަރައިގެނެވެ. ހާލު ދެރަވުމުން އޭޑީކޭގައި ނިހާނަށް ފުރަތަމަ ފަރުވާ ދިނީ އައިސީޔޫގަ އެވެ. ނަމަވެސް އިއްޔެ ނިހާން ވަނީ އައިސީޔޫގެ ފަރުވާއަށްފަހު ރޫމަކަށް ބަދަލުކޮށްފަ އެވެ.

ނިހާން ހޮސްޕިޓަލްގައި އެޑްމިޓް ކުރެއްވިފަހުން އޭނާގެ ފަރާތޕުޅުން ވާހަކަފުޅު ދައްކަވާ ރިޔާޒު ވިދާޅުވީ ނިހާންގެ ހާލު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދިވެސް ދަންނަވަން ނޭނގޭ ކަމަށެވެ.

ނިހާން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ އޭޑީކޭ އަށް ވަޑައިގެން ނިހާންގެ ހާލު ބައްލަވާލައްވައިފަ އެވެ.