މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހެއް

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޑް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ފުލުހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ އެ އޮޕަރޭޝަންގައި ފުލުހުން 12 މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރީ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ފުލުސް މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި އަށް ފިރިހެނުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އާންމުން ދަންނަ މަޝްހޫރު ބަޔަކު ހިމެނެ އެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 38 އަހަރާ ދެމެދުގެ މީހުން ނެވެ.

ބަންދުގެ މުއްދަތު

  • 23 އަހަރުގެ ދެ ފިރިހެނުން، 30 ދުވަސް
  • 26 އަހަރުގެ އަންހެން މީހާ، ހަތް ދުވަސް
  • 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކުގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް
  • 27 އަހަރުގެ ފިރިހެން މީހާ، 15 ދުވަސް
  • 27 އަހަރުގެ އަންހެން މީހާ، ތިން ދުވަސް
  • 31 އަހަރުގެ އަންހެން މީހާ، 30 ދުވަސް
  • 34 އަހަރުގެ ފިރިހެން މީހާ، ފަސް ދުވަސް
  • 36 އަހަރުގެ ފިރިހެން މީހާ، ފަސް ދުވަސް
  • 37 އަހަރުގެ އަންހެން މީހާ، ފަސް ދުވަސް
  • 38 އަހަރުގެ ފިރިހެން މީހާ، 30 ދުވަސް

ފުލުހުންގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތެވެ.

އެ އޮޕަރޭޝަނަކީ އާންމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.