އުނގޫފާރު

ފައިނަލް މެޗަށްފަހު މާރާމާރީއެއް ހިންގައިފި

Nov 13, 2022

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި ފައިނަލް މެޗު ހޫނުވެ ސަޕޯޓަރުންގެ މެދުގައި މާރާމާރިއެއް ހިންގައިފި އެވެ.

މި ދެރަށުގެ ސަޕޯޓަރުން މެދުގައި މިއަދު ހަވީރު ހިންގި މާރާމާރީ އާއި ގުޅިގެން 14 އަހަރުގެ ކުޑަކުއްޖަކާއި 39 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެގެން ފަރުވާ ހޯދާފައިވެ އެވެ.

ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި މިމާރާމާރީގެ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އޫނގޫފާރުގައި ކުރިއަށް ދިޔަ ފައިނަލް މެޗުގައި ދުވާފަރުން މޮޅުވީ 4-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.