މޯލްޑިވްސް ޕޮލިސް ސާވިސް

ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އިޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާގެ އިތުރު މައުލޫމާތެއް އަދި މި މީހާ ފޯނު ގަންނަން އުޅުނު ތަނެއްގެ މައުލޫމާތު ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށެވެ.