ޑީޖޭއޭ

ތީމުގޭގެ ކަރަންޓު ބިލަށް މަހަކު ހަތަރު ލައްކަ ހޭދަވޭ

ތީމުގެ. ސުޕްރީމް ކޯޓުގެ އިތުރުން ހައިކޯޓާއި ޑީޖޭއޭ ހިންގަނީ ތީމުގޭގައި--ފޮޓޯ: އަވަސް
0%
0%
0%

ތީމުގޭގެ ކަރަންޓު ބިލަށް މަހަކު ހަތަރު ލައްކަ ރުފިޔާ ހޭދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ބަޖެޓު ކޮމިޓީގައި ޑީޖޭއޭގެ މާލީ ޒިންމާދާރުވެރިޔާ މުހައްމަދު އަލީ ވިދާޅުވީ ކަރަންޓު ބިލަށް މަހަކު ތިން ލައްކަ އާއި ހަތަރު ލައްކަ ރުފިޔާ ހަރަދުވާ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ތީމުގޭގެ މެއިންޓެނަންސް ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް އަހަރަކު ދެ މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

ތީމުގެއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އުޅުއްވި ރަސްމީ ގެކޮޅެވެ. ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ތީމުގޭގަ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޑީޖޭއޭއަށް 579.7 މިލިއަން ރުފިޔާ ބަޖެޓުކުރަން ވަނީ ހުށަހަޅާފަ އެވެ. ބަޖެޓު ކޮމިޓީގައި ޑީޖޭއޭ އިން ވަނީ އިތުރަށް 220.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހަށް ބަޖެޓު ހުށަހެޅީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345